
mifco
އަންނަ މަހުން ފެށިގެން މިފްކޯއަށް މަސްކިރޭނީ ސާފުތާހިރުކަމުގެ ސެޓްފިކެޓް އޮންނަ ދޯނިފަހަރުތަކަށް އެކަނިކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑިސެމްބަރު ފުރަތަމަ ދުވަހުން ފެށިގެން މިފްކޯގެ ސެންޓަރުތަކާއި އެކުންފުނީގެ ބޯޓުފަހަރަށް މަސްކިރާއިރު، ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމަށް ދޫކޮށްފައިވާ ލައިސެންސްގެ އިތުރުން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސެޓްފިކެޓް (ހައިޖީނިކް ސެޓްފިކެޓް) އޮތްތޯ ޗެކްކުރާނެކަމަށެވެ. އަދި މި ސެޓްފިކެޓް ނެތް ދޯނިފަހަރުގެ މަސް އެކުންފުންޏަށް ނުގަންނާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މިފްކޯގެ މި ނިންމުމަށް މަސްވެރިންގެ ފާޑު ކިއުން އަމާޒުވެފައިވާއިރު، މަސްވެރިން ބާނާ މަހަށް އަގު ނުލިބުމުގެ ޝަކުވާވެސް ވަނީ ވަރަށް ބޮޑުވެފައެވެ.
ގުޅުންހުރި

ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި!

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވައިފި

އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

.gif&w=3840&q=75)



