logoEN
cocacola
ލިވާޕޫލް އަތުން މޮޅުވެ ސިޓީއަށް ފަސް ޕޮއިންޓްގެ ލީޑެއް

ލިވާޕޫލް އަތުން މޮޅުވެ ސިޓީއަށް ފަސް ޕޮއިންޓްގެ ލީޑެއް

# ޕްރެމެޔާ ލީގު# ލިވާޕޫލް

ފޮދެން

ޕްރެމެޔާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއިން ފަހުގެ ޗެމްޕިއަންސް ލިވަޕޫލް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ .

ގޮސިޔާ

ފުރަތަމަ ހާފުގައި ސިޓީ އަށް ލީޑުނަގައިދޭން އިލްކާއި ގުންޑޮގާން ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މިއި ފަބީނިއޯ އޭރިއާތެރެއިން ސިޓީގެ ރަހީމް ސްޓާލިން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފް ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭގައި ސިޓީ އަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގުންޑޮގާން އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން މުހައްމަދު ސަލާހު އެވެ. މިއީ ސަލާހަށް ސިޓީގެ ރުބެން ޑިއާޒް ކުރި ފައުލަަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ސިިޓީން އަނެއްކާވެސް ލީޑު ނެގިއެވެ. ފިލް ފޮޑެން ގެ އެހީއާއެކު ގުންޑޮގާން މި ލަނޑު ޖެހިއިރު މިއީ ލިވަޕޫލްގެ ކީޕަރު އެލިސަން ހެދި ގޯހެއްގެ ފައިދާ ނަގައިން ޖެހި ލަނޑެކެވެ .

މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ބެނާޑޯ ސިލްވާގެ އެހީއާއެކު ރަހީމް ސްޓާލިން ސިޓީގެ ތިންވަނަ ލަނޑު ޖެހިއެވެ. މިއީވެސް ގޯލްކީޕަރު އެލިސަންގެ ގޯހެއްގެ ފައިދާ ނަގައިގެން ޖެހި ލަނޑެކެވެ. އަދި ސިޓީގެ ހަތަރުވަނަ ލަނޑު ގެބްރިއަލް ޖީސަސްގެ އެހީއާއެކު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެންއެވެ.

ލިވަޕޫލް ރޭ ބަލިވީ އަމިއްލަ ދަނޑުގައި ކުޅެ 4-1 ގެ ތަފާތަކުންނެވެ . މިމެޗާއި އެކު އެޓީމް އޮތީ 23 މެޗުން ލިބުނު ސާޅީސް ޕޮއިންޓާއި އެކު ލީގުގެ ހަތަރުވަނައިގައެވެ. އަދި ސިޓީ އޮތީ 22 މެޗު ކުޅެ ފަންސާސް ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ. ސިޓީ އިން ސީޒަނުގެ ކުރީކޮޅުގައި ނަތީޖާ ނެރުމުގެ ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރު އެޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ