ކޮވިޑް 19 ޖެހިގެން ރާއްޖެއިން އުމުރުން 77 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި އެމީހާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު އޮތީ ހޭނެތިފައި ކަމަށާއި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ މިއަދު ހެނދުނު 10:14 ގައި ކަމަށެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 50 ވަނަ މީހާއެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މަދުވެފައި އޮއްވާ އަނެއްކާވެސް މަޑުމަޑުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވެ ބިރުވެރިކަން އިތުރުވަމުންނެވެ, އެގޮތުން ބައެއް ސްކޫލުތަކުންވެސް ބައްޔަށް ފައްސިވެފައިވާ ދަރިވަރުން ވަނީ ފެނިފައެވެ