logoEN
ޕީއެންސީ 2
މާލެ މަގުން ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަންނަވަނީ

މާލެ މަގުން ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަންނަވަނީ

އަލްފާ އަލީ

logo

7/13/2022, 2:01:27 PM

# ރާއްޖެ - ސްރީލަންކާ

breaking ބްރޭކިންގް

އަމިއްލަ ގައުމުގެ ރައްޔިތުންނަށް ފިއްލަވައިގެން ރާއްޖޭއަށް ވަޑައިގެން ދިވެހި ސަރުކާރުގެ ހިމާޔަތުގައި ހުންނެވުމަށްފަހު، ސްރީލަންކާގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ފުރައިވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޝަރީ 2024

މުއުތަބަރު ފަރާތަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ގޮތަބަޔާ ސިންގަޕޫރަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖެހިފައިވާ ސިންގަޕޯ އެއާލައިންސްގެ SQ437 ނަމްބަރު ފްލައިޓުންކަމަށް މައުލޫމާތުލިބެއެވެ. އަދި މިވަގުތު އެމަނިކުފާނު ހުންނެވީ މާލެއާ ކައިރި ރިސޯޓެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަންނަވަނީ އެގައުމުގެ ހިމާޔަތް ހޯއްދަވައިގެންނެވެ. މިވަގުތު އެކަމާ ގުޅޭ މުއާމަލާތްތައް ދަނީ ކުރެވެމުންނެވެ.

ގޮޓަބަޔާ ލަންކާ ދޫކޮށް ވަޑައިގަތީ އެ ގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރައްކާތެރި މާހައުލަކަށް ވަޑައިގެންނެވުމުގެ ބޭނުމުގައި ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރޭ ދަންވަރުގެ ވަގުތެއްގައި ސްރީލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔާއަށް ދިވެހި ސަރުކާރުގެ ފަރާތުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދެވެ.

ލަންކާގެ އެއާ ފޯސް އިން އެންމެ ފަހުން ބުނެފައިވާ ގޮތުން ނަމަ، އެއާ ފޯސްގެ މަތިންދާބޯޓެއްގައި ރާއްޖެ އަށް ދަތުރުފުޅު ކުރެއްވުމުގެ ހުއްދަ ގޮޓާބަޔަ އަށް ދިނީ އެއީ އަދިވެސް އެ ގައުމުގެ ރައީސް ކަމަށް ވާތީ އެވެ. އަދި އެ ކަން ކުރީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު ކަމަށް އެއާ ފޯސް އިން ބުނެ އެވެ.

ގައުމާއި ރައްޔިތުން "ހާލުގައި ޖައްސައި" ގޮޓަބަޔާ ފިއްލަވައި ރާއްޖެ ވަޑައިގަތުމުން އެ ގައުމުގެ ބައެއް އާންމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭން އޭނާ އަށް އެއްވެސް އެހީތެރިކަމެއް ނުދޭން ގޮވާލައިފައިވެ އެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގެ އިގްތިސާދު ބޮޑު އަޑިގަނޑަކަށް ވެއްޓި، ކަންކަން މެނޭޖު ނުކުރެވުމުން ލަންކާގެ އެތައް ހާސްބަޔަކު ވަނީ ގޮޓާބަޔަ އާއި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެފަ އެވެ. އެގޮތުން މުޒާހަރާތައް ކޮންޓްރޯލް ނުވާ ހިސާބަށް ދިޔުމުން ގޮޓަބަޔާވަނީ މިއަދު އިސްތިއުފާ ދެއްވުމަށް ނިންމާފައެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ގޮޓަބަޔާ ގައުމު ދޫކުރައްވާ ވަޑައިގެންނެވީ އޭނާ ހައްޔަރުކޮށްފާނެކަމަށް ބެލެވޭތީކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ