logoEN
cocacola
ކުޑަކުދިންނަށް މިއޮތީ ”މަވެށި“

ކުޑަކުދިންނަށް މިއޮތީ ”މަވެށި“

Admin

logo

11/13/2020, 6:23:54 PM

# ކުޑަކުދިންގެ ވާހަކަ# adhi

103301020_3124322554277557_2961476698064414268_o

ކޮވިޑް19 ގެ ޕެންޑެމިކާ ގުޅިގެން މި ދުވަސްވަރު އެންމެ ބޮޑު ބަދަލެއް އައީ ކުޑަކުދިންގެ ދިރިއުޅުމަށެވެ. އަބަދު ގޭގައި ތިބެ ފޫހިވެގެން ޝަކުވާ ކުރާ ކުޑަކުދިންނަށް މިފަހަރު މިއޮޮތީ ހައްލެކެވެ. ކުޅުމާއި ސަކަރާތްޖެހުމާ ދުރަށް، އެ ކުދިންނަށް ދެވިދާނެ ހަދިޔާ އެއް އެބަަ އޮތެވެ. ހުސައިން ޝަހުދީ އުފައްދާފައިވާ "މަވެށި" ސީރީޒްގެ މި ފަސް ފޮތަކީ މި ދުވަސްވަރު ކުޑަކުދިންނަށް ކިޔައިދެވިދާނެ ވާހަކަ ތަކެކެވެ.

ގޮސިޔާ

އަހަރުމެންގެ ވެށީގެ ވާހަކަތައް އުފެއްދުންތެރި ގޮތަކަށް ޝަހުދީ ގެނެސްދީފައިވަނީ ފަސް ފޮތަށް ބިނާ ކޮށްފައެވެ.

އެކުވެރި ތިން މިޔަރު

އެގޮތުން "އެކުވެރި ތިން މިޔަރު" ވާހަކަ އަމާޒުކޮށްފައި ވަނީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ތިން ބާވަތެއްގެ މިޔަރު ހިމަނައިގެން، ކިޔައިދޭ ވާހަކައަކުން ކަނޑުގެ ދިރުންތަކާއި ގުޅޭ މައުލޫމާތުތަކެއް ގެނެސް ދިނުމަށެވެ. ރަށެއްގެ ފަޅުން ފެށިގެން ތިލައާއި، ކަނޑު ހިމަނައިގެން ކުރުވާހަކައެއްގައި ބުނެދެވޭ މިންވަރަށް ވީހާވެސް ގިނައިން ކަނޑު ދިރުންތަކުގެ ނަންތައް މިވާހަކާގައި ކިޔައިދީފައިވެއެވެ. ދެމެސެޖެއްވެސް މިވާހަކައިން ކުދިންނަށް ދެއެވެ. ފުރަތަމަ މެސެޖަކީ ހެޔޮނަސޭހަތެއް ދޭނަމަ އެކަމާއި ފިކުރުކޮށް އެނަސޭހަތުގައި ހިފުމުގެ މުހިންމުކަމެވެ. ދެވަނަ މެސަޖަކީ ކަނޑު ފަޅުގައި ދާ އަޅައިގެން އިންސާނުން ވެށީގެ ދިރުންތަކަށް ގެއްލުންދޭ ކަމުގެ މެސެޖެވެ.

undefined

ބުއްދިވެރި ފިނދަނަ

ދެވަނަ ވާހަކަ "ބުއްދިވެރި ފިނދަނަ" ވާހަކައިން ގެނެސްދީފައިވަނީ ރަށްފުށުގެ ގޮނޑުދޮއްތަކުގެ ދިރުމުގެ ވާހަކައެކެވެ. ގޮނޑުދޮށު ދޫނިތަކެއް ހިމަނައިގެން ކުރުވާހަކައެއްގައި ބުނެދެވޭ މިންވަރަށް ވީހާވެސް ގިނައިން ގޮނޑު ދޮށުގެ ދޫނިތަކާއި، އެނޫންވެސް ގޮނޑު ދޮށުގެ ދިރުންތަކުގެ ނަންތައް މިވާހަކާގައި ކިޔައިދީފައިވެއެވެ. ފިދަނައިގެ ބުއްދިން ހައްލު ހޯދި މިވާހަކައިންވެސް ދެ މެސެޖެއް ދެއެވެ. ފުރަތަމަ މެސެޖަކީ އިންސާނުންގެ ފުށުން ގޮނޑުދޮށު ދޫނިތަކަށް އޮތް ނުރައްކަލެއް ބުނެދިނުމެވެ. ދެވަނަ މެސެޖަކީ އެކުވެރި ކަމަކީ ގަދަފަފަ ބާރެއްކަން ބުނެދިނުމެވެ.

undefined

ނަސީބު ދެރަ ކޮވެލި

ތިންވަނަ ވާހަކަ "ނަސީބު ދެރަ ކޮވެލި" ވާހަކާގައި ކިޔައިދެނީ ރަށެއްގެ ވަލުތެރޭގައި އުޅުނު ކޮވެއްޔެއްގެ ވާހަކައެވެ. އެ ކޮވެލީގެ މަކަރުވެރި ކަމާއެކު ކާޅު ހާއްޔަށް ބިސް އެޅި ގޮތާއި، ކޮވެލީގެ ބިސް ފީކޮށް ކާޅު، ކޮވެލީގެ ދަރިފުޅު ކޮވެލި ބަލާ ބޮޑުކުރުމުން ކާޅު އަތުން ޖަހައިގަތްގޮތް މިވާހަކާގައި ކިޔައިދެއެވެ. ނަމަވެސް ކޮވެލީގެ ދަރިފުޅު ކޮވެލި ލިބި ގިނަ ވަގުތުތަކެއް ނުވެ ކަންހިނގި މަގުން ކޮވެލީގެ ނަސީބުދެރަ ނިމުން ގެނެސްދީފައިވާއިރު، ރަށެއްގައި ހުންނަ ގިނަ ބާވަތް ތަކުގެ ގަސް ގަހާގެހީގެ ނަންތައް ކުރުވާހަކައެއްގައި ބުނެދެވޭ މިންވަރަށް ވީހާވެސް ގިނައިން މިވާހަކާގައި ހިމަނާފައިވެއެވެ. މަކަރުވެރިއެއްގެ ނިމުން ހިތިވެދާނެ ކަމުގެ މެސެޖުގެ އިތުރުން އިންސާނުންގެ އަތުން ގަސްތައް ކެނޑުމުން ދޫނި ސޫފާސޫފީގެ ދިރުމަށް ނޭދެވޭ އަސަރު ފޯރާކަމާއި، ރަށްގިރައި ގެއްލުންވާ ކަމުގެ މެސެޖު މިވާހަކައިން ދެއެވެ.

undefined

ކިބުރުވެރި ބުޅާ

ހަތަރުވަނަ ވާހަކަ "ކިބުރުވެރި ބުޅާ" ވާހަކަ އަމާޒުކޮށްފައިވަނީ ރަށެއްގެ ވަލުތެރޭ އުޅޭ ބައެއް ޖަނަވާރު ހިމަނައިގެން ކުރުވާހަކައެއްގައި ބުނެދެވޭ މިންވަރަށް ވީހާވެސް ގިނައިން އެފަދަ ޖަނަވާރުތަކާއި، އެވެށީގެ ގަސްގަހާގެހީގެ ނަންގެނެސް ދިނުމަށެވެ. ފަޅު ރަށެއްގެ ވަލުތެރޭ އުޅުނު މުސަޅުތަކާއި، މީދާތަކާއި އަދި ކުކުޅު ހާލަށް އޮތް ނުރައްކާ ކަމުގައިވާ ކިބުރުވެރި ބުޅަލުގެ ކިބައިން ބާޒުގެ އެހީގައި ސަލާމަތްވި ގޮތް މިވާހަކާގައި ކިޔައި ދެއެވެ. ކިބުރުވެރި ކަމުގެ ސިފަޔަކީ ނޭދެވޭ ނަތީޖާއެއް ނުކުމެދާނެ ސިފައެއްކަމުގެ މެސެޖާއި، އެކުވެރި ކަމުގެ މުހިންމުކަން ބުނެދޭ މެސެޖުވެސް މިވާހަކައިންވެސް ގެނެސްދެއެވެ.

undefined

ކޮކާލުގެ ހުވަފެން

ފަސްވަނަ ވާހަކަ "ކޮކާލުގެ ހުވަފެން" ގައި ރާއްޖޭގެ ރަށެއްގެ ވަލުތެރޭ ހިމެނޭ ގަސްގަހާގެއްސާއި، މާމެލާމެލީގެ ނަންތައް ކުރުވާހަކައެއްގައި ބުނެދެވޭ މިންވަރަށް ވީހާވެސް ގިނައިން ގެނެސްދީފައިވެއެވެ. ކޮކާލަކަށް ފެނުނު ހުވަފެނެއް ކިޔައިދޭ މިވާހަކައިންވެސް ރަށެއްގެ ވެށީގެ ގިނަ ނަންތަކެއް ދަސްވާނެއެވެ. މިވާހަކައިންވެސް އެކުވެރި ކަމުގެ ބާރު ގަދަ ކަމުގެ މެސެޖު ދެއެވެ.

undefined

މިފަސްވާހަކަ ފޮތުންވެސް ކިޔައިދޭނީ ވެށީގެ ވާހަކަ ތަކެކެވެ. އެވާހަކަ ތަކުން އަދުގެ ޖީލުގެ ކުޑަކުދިންނަށް ވެށީގެ އެތައް އައު ނަމެއް ދަސްވެ، ވެއްޓާއިމެދު ފިކުރު ހިންގުމަށް މަގު ފަހިވާނެއެވެ. މި ވާހަކަތައް ތިނަދޫ، ބަރާސިލް ކޭމާޓް ފިހާރަ އިން ލިބޭނެ އެވެ. ނުވަތަ އުރީދޫ މޫލީ މެދުވެރިކޮށް އޯޑަރ ކުރެވިދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ