އެކްސިޑެންޓްވެ މެމްބަރު ސައުދު އަށް ފަރުވާ ދެނީ

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން-- ފޮޓޯ| ހުސެން ވަހީދު/ މިހާރު

ސިނަމާލެ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ މެމްބަރު ސައުދު ސައިކަލުގައި ދުއްވާފައި ދަނިކޮށް ޕިކަޕެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި، މެމްބަރު ސައުދުގެ އަތާއި ފަޔަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

މި އެކްސިޑެންޓު ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މެންދުރު 12:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް