








037-Nasheed-Solih
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނާ ރައީސް ސޯލިހާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އަދި އެމަނިކުފާނު ކަންބޮޑުވެގެން ދަނީ އިއްތިހާދާ ގުޅުން ބޭއްްވުމުގެ ނިޔަތުގަޔާއި އަމިއްލައަަށް ފާހަގަވުމުގެ ބޭނުމުގައި ރައީސް ސޯލިހު އެމަނިކުފާނާ މަޝްްވަރާކުރެއްވުން ހުއްޓުވާލައްވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ކައިރީގައި ތިއްބެވި ބޭފުޅުން ދެކިވަޑައިގަންނަވަނީ އަޅުގަނޑާ މަޝްވަރާކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާ "ޝައިން"ވާ މިންވަރު ކުޑަވެގެން ދާނެއޭ - ރައީސްް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކޭ ގޮތުގައި ރައީސް ސޯޅިހު އުޅުއްވަނީ ތާކުންތާކު ނުޖެހޭ ފިކުރެއްގައި ކަމަށެވެ.








