
Screenshot 2022-12-19 at 14.22.20
ކޮނޑޭގައި ގިނަ ދުވަސްތަކެއްވީ އިންޖީނުގޭގެ ބަދަލުގައި ޒަމާނީ އިންޖީނުގެއެއް ތަރައްޤީކޮށް އެ އިންޖީނު ގޭގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށައިފި އެވެ.
ކޮނޑޭގެ އައު އިންޖީނު ގޭގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށާފައިވަނީ އިއްޔެއެވެ. ކޮނޑޭގެ ބޭނުންކުރަމުން އައި އިންޖީނު ގެއަކީ 21 އަހަރުވީ އިންޖީނު ގެއެކެވެ.
މި އިންޖީނު ގެއާއި އެކު ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައިވެއެވެ. އަދި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއްވެސް ވަނީ އިންޖީނުގެތަކުގެ ތެރޭގައި ހަދާފައެވެ.
ކޮނޑޭގެ އިތުރުން ނ. ފޮއްދޫ، މ.ރަތްމަންދޫ އަދިިި ދ. މީދޫގައި ޒަމާންވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނު ގެއިން ރައްޔިތުންނަށް ހިދުމަތް ދޭން ވަނީ ފަށާފައެވެ. ފެނަކައިން މިއަދު ބުނީ މި ހަތަރު ރަށުގެ ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، އިއްޔެ 07:30ގައި ކަމަށެވެ. އަދި މުޅިން އާ އިންޖީނު ގެއަކުން މިހާރު ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ފޮއްދޫގައި ބޭނުން ކުރަމުން ދިޔަ ޒަމާންވީ އިންޖީނުގެ އަކީ 38 އަހަރުވެފައިވާ ތަނެއް ކަމަށް ފެނަކައިން ބުނެއެވެ، މީގެ އިތުރުން ރަތްމަންދޫ އިންޖީނު ގެއަށް 24 އަހަރު އަދި މީދޫ އިންޖީނުގެ ގެއަށް 18 އަހަރުވެފައިވާ ކަމަށް ފެނައިން ވަނީ ބުނެފައެވެ.
















