
breaking ބްރޭކިންގް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން އަނެއްކާވެސް ރާއްޖޭގައި ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުން ކަމަށާއި، އެހެން ކަމުން 24 ޖޫން 2022 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލުގެނެވިފައިވާ ކަމަށެވެ.
އެގޮތުން ޕެޓްރޯލު ލީޓަރެއް 16.55 (ސޯޅަ ރުފިޔާ ފަންސާސް ފަސް ލާރިއަށް) އަދި ޑީސަލް ލީޓަރެއް 16.77 (ސޯޅަ ރުފިޔާ ހަތްދިހަ ހަތް ލާރިއަށް) ބޮޑުކޮށްފައިވާ ކަމަށް އެސްޓީއޯއިން ދެންމެ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)އިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ މާރިޗު މަހުގެ 5 ވަނަ ދުވަހުއެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް 14.60ރ އަށް އަދި ޑީސަލް ލީޓަރެއް 14.80 އަށް އެދުވަހު ވަނީ ބޮޑުކޮށްފައެވެ.
އެސްޓީއޯއިން ތެލުގެ އަގަށް މިއަދު ގެނައި ބަދަލަށް ބަލާއިރު، ޕެޓްރޯލު ލީޓަރަކުން 2.17 (ދެރުފިޔާ ސަތާރަ ލާރި) އަދި ޑީސަލް ލީޓަރަކުން 1.75 (އެއްރުފިޔާ ހަތްދިހަ ފަސްލާރި) ވަނީ ބޮޑުވެފައެވެ.
އެސްޓީއޯއިން ބުނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އެކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.












