.jpg?w=3840&q=75)
New Project (79)
ޖަލުތަކުގައި ލިބުނު އަނިޔާތަކަށް ފިލްްމެއް ހެދޭތޯ ބަލަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެެވެ.
ރީކޯ މިހެން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. ރައީސް މައުމޫން ވަނީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލައާގުޅޭ ރަނގަޅު މައުޟޫޢީ ދިރާސާއެއް ހަދައި ކިޔަވާކުދިންގެ މުޤައްރަރުތަކުގައި ހިމެނުމަށް ގޮވާލާފައެވެ.
އެޓުވީޓަށް ރައްދު ދެއްވަމުން ރީކޯ ވިދާޅުވީ، ރައީސް މައުމޫންގެ ދައުރުތަކުގައި ޖަލުތަކުގައި މީހުންނަށް ކުރެއްވި އަނިޔާގެ ވަރަށް ތަފްސީލް ހަޤީޤީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ކަމަށެވެ. އަދި އެވެސް ކިޔަވާކުދިންގެ މުޤައްރަރުތަކަށް ލައިދެއްވުމަށް ރީކޯ ވަނީ އެދިވަޑައިގެންފައެވެ.
"ދޫނިދޫ ޖަލާ، ގިރިފުށީ ޖަލާ، ގާމާދޫ ޖަލުގަ އަޅުގަނޑަށް ލިބުނު އަނިޔާއަށް ފިލްމެއްވެސް ހެދޭތޯ މިބަލަނީ. އެމާޒީ ފޮހެލައިގެން ނުވާނެ ނޫންތޯ؟" ރީކޯ ވިދާޅުވިއެވެ.
ރީކޯ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީއާ ދުރުގައި ހުންްނެވުމަށްފަހު އަލުން ގުޅިވަޑައިގެންފައެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)





.jpg?w=3840&q=75)
