
FhEgNPWUoAAthCj
ރަސްމީ ދަތުރުފުޅެއްގައި ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕެޓަރ ސްޒިޖާޓޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މިނިސްޓަރ ޕެޓަރ ސްޒިޖާރޓޯ ގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަށް ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި މިނިސްޓަރ ސްޒިޖާރޓޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެއިތުރުން މިނިސްޓަރު ޝާހިދާއެކު ރަސްމީ މަޝްވަރާތަކެއްވެސް މިނިސްޓަރ ސްޒިޖާރޓޯ ކުރައްވާނެއެވެ. އަދި ރާއްޖެއާއި ހަންގޭރީއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ހަންގޭރީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުފުޅެވެ.




.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)
