
99380275-ACBF-498E-A950-0D9DA481E65C
ގދ. ތިނަދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގދ ތިނަދޫ ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތްތަކުގެ ތެރެއިން މިއަހަރުގެ ޤުރުއާން މުބާރާތް 2022 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އިން 26 ގެ ނިޔަލަށެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސްކޫލްތަކަށާއި، ޤުރުއާންް ކްލާސް، ޕްރީ ސްކޫލް، ޖަމިއްޔާ ޖަމާޢަތްތައް އަދި އަމިއްލަ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
މިމުބާރާތުގައި ބައިވެރިވުމށް ޝައުޤުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަކުރެއްވުމަށްފަހު ތިނަދޫ ކައުންސިލް އިދާރާއަށް ހުށަހަޅަން ވާނެއެވެ.
މުބާރާތުގައި ބައިވެރިރވުމަށް ހުށަހަޅުއްވަންޖެހޭ ފޯމާއި، މުބާރާތުގެ ޤަވާއިދު 06 ނޮވެމްބަރު 2022 އިން ފެށިގެން ތިނނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އެއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.



-1786972426717.jpeg?w=3840&q=75)




-1786972426717.jpeg?w=3840&q=75)



