
.jpg?w=3840&q=75)







FgeroVLaMAA-J4X
އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީން ނިންމާލައިފި އެވެ.
މި މަޝްރޫޢުގެ ދަށުން، 363,6 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 330,1 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، މޫރިން ބޮއެ އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފައެވެ.
ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 50.32 މިލިއަން ރުފިޔާއަށެވެ.
ހަންޏާމީދޫގައި ކުރީގައި އޮތް މުސްކުޅި ބަނދަރުގެ ބަދަލުގައި، ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއްކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މުސްކުޅި ބަނދަރު ބާވެ މަރާމާތަށް ބޭނުންވެފައި އޮއްވާ، ބަނދަރަށް ޖާގަ އިތުރުވެ، ބޭރުފަރާތު ގައު ތޮށި ހިލަ ތޮއްޓަކަށް ބަދަލުކުރެވި، ނުނިމިއޮތް އެއްގަމު ތޮށި އެއްކޮށް ނިމިގެން ދިޔުމާއެކު އޮޑި ދޯނިފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހަންޏާމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.




.jpg?w=3840&q=75)


