
Canareef-Resort-Maldives (1)
އައްޑޫ އަތޮޅުގައި ހިންގާ ކެނަރީފް ރިސޯޓުން ވަގަށް ނެގި ރާފުޅިތަކެއް ހޯދައި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، 31 އޮކްޓޯބަރ 2022 ވަނަ ދުވަހު ހުޅުމީދޫ ޕޮލިސްއަށް ހުށަހެޅުނު، ކެނަރީފް ރިސޯޓް މޯލްޑިވްސް އިން 6 ރާފުޅި ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހިންގުނު އޮޕަރޭޝަންގެ ތެރެއިން ރާފުޅިތަކެއް ހޯދިފައިވާ ކަމަށެވެ. ނަމަވެސް ރާފުޅިތައް ހޯދިފައިވަނީ ކޮންތަނަކުން ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
މިމައްސަލައާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތް ކުރާ 23 އަދި 34 އަހަރުގެ ބިދޭސީ 2 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.










.jpeg?w=3840&q=75)



