
dsc0121
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ އެފަދަ ޒުވާނުން އަނބުރާ މުޖުތަމައުގެ ތެރެއަށް ނެރުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ.މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިޠާބުގައި ވިދާޅުވީ ޒުވާނުންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހިތް ކަމަށާއި އެއީ ރައްކާތެރި މުޖުތަމަޢެއް ބިނާ ކުރުމަށް އަތުކުރި އޮޅާލައިގެން ތިބި ފަހުލަވާނުން ކަމަށެވެ.
“އިޤްތިސާދީ ގޮތުން ހަރުދަނާ ބަޔަކަށްވުމަށްޓަކައި، ހުރިހާ ޒުވާނުންވެސް ވަޒީފާތަކަށް ނުކުތުމަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަން. އަޅުގަނޑުމެންގެ ކާބަފައިން މި ދިވެހިރާއްޖެ ގެނެސްދެއްވީ ނުހަނު ބުރަ މަސައްކަތުން ކަމުގައި ވީހިނދު، މިއަދު ތި ޒުވާނުންގެ ކޮނޑުގައި އެޅިފައި އޮތީ އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ޒިންމާ.” ސިޔާމް ވިދާޅުވިއެވެ.
ހަމައެއާއެކު ހުރިހާ ޒުވާނުންނަކީ ވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ، އިސްލާމް ދީނުގެ މަތިވެރި ނޫރު މިބިމުގައި ވިދަވިދާ ހުންނާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށްވުމަށް ސިޔާމް ވަސިއްޔަތް ވެސް ކުރެއްވިއެވެ.















