
10-31-41-shiyam12
ދިވެހިރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާގެ ނުފޫޒު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވުމާއި ގުޅިގެންނެވެ.
އެގޮތުން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާ ޤައުމީ ސަލާމަތަށް މިއަދުއޮތް އެންމެބޮޑު ނުރައްކަލަކީ ޤައުމުގެ ދާޚިލީ އަދި ޚާރިޖީ ކަންކަމަށް އަވަށްޓެރި އިންޑިޔާގެ ނުފޫޒު އިމެއް މިނެއްނެތި ވަދެފައިވާ މިންވަރު ކަމަށެވެ.
އަދި މިކަމާ ބަހެއްބުނަން ސަރުކާރު ނުކުޅެދި ހުރިހާގޮތަކުން ކަސްތޮޅު އެޅިފައިވާ މިންވަރު ކަމަށްވެސް ޝިޔާމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން ގެންދަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާއި ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުންނެވެ.












