



.jpg?w=3840&q=75)




310814572-476518017770659-5254910280924712189-n
ތިން ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
ވަސީލަތްތައް ގާއިމުކުރަން ނިންމާފައި ވަނީ އދ. މާމިނގިލި، ކ. ގުރައިދޫ އަދި ކ. ހުރާގައެވެ. އެ ރަށްތަކުގައި ވަސީލަތްތައް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 20 ދުވަސް ތެރޭގައި ނިންމަން 2.9 މިލިއަން ރުފިޔާ އަށެވެ.
މީގެ އިތުރުން ގުރައިދޫގައި ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ހަވާލުކުރީ ވެސް ހަމަ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެއީ 20 ދުވަސް ތެރޭގައި ނިންމަން ހަމަ 2.9 މިލިއަން ރުފިޔާ އަށެވެ.
އަދި ހުރާގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ސީއޭމްއޭ ފައިވް ސްޓަރ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ 2.3 މިލިއަން ރުފިޔާއަށް 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.




.jpg?w=3840&q=75)



