.jpeg?w=2048&q=75)
big_iPtVkI7nZyXxv5tO3yqCtJpwa
ތިލަ-މާލެ ބްރިޖްގެ މަސައްކަތަށް ގެންގުޅުނު ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އިތުރު ސާވޭއެއް ކުރުމަށް އެފްކޮންސް ކުންފުންނަށް ހުއްދަ ދިން ނަމަވެސް އެ ސާވޭ ގަބޫލު ނުކުރާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.
އީޕީއޭގެ އޮފިޝަލަކާ ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެފްކޮންސްއަށް އަލުން ސާވޭ ކުރަން ހުއްދަ ދިނީ އެފަދަ މައްސަލަތަކުގައި ކުންފުނިތަކުން އަމިއްލައަށް ސާވޭ ކުރުމުގެ ފުރުސަތު އޮންނާތީ އެވެ. ހުއްދަ ދިން ނަމަވެސް އެ ކުންފުނީގެ ސާވާ ބަލައިނުގަންނަނާނެ ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.
ވިލިމާލެ ފަރަށް ބްރިޖް މަސައްކަތައް ގެންގުޅު ޕްލެޓްފޯމް އެރީ، އޮގަސްޓް މަހުގެ 16 ވަނަ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ބިދޭސީ ތިން މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.
އެ ޕްލެޓްފޯމް ފަރުން ނެގީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި ސެމްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ޕްލެޓްފޯމްއިން ފަރަށް އެޅިފައި ހުރި ކުނިތައް ނަގައި އެތަން ވަނީ ސާފުކޮށްފައެވެ.
އެފްކޮންސްއިން އަމިއްލައަށް ސާވޭ ކުރަން ހުއްދަ ދިނީ ވިލިމާލެ ފަރަށް ބްރިޖް ޕްލެޓްފޯމް އެރި މައްސަލައިގައި ސާވޭހަދައި، ރިޕޯޓް އެކުލަވާލުމަށް ފަހު ޖަވާބުދާރިވުމަށް އެފްކޮންސްއަށް ދިން ފުރުސަތާއެކު އިތުރަށް ސާވޭ ކުރުމުގެ ފުރުސަތު ދިނުމަށް އެ ކުންފުނިން އެދުމުންނެވެ.










.jpeg?w=3840&q=75)