


%20(3).jpeg?w=3840&q=75)




400
ގދ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން މިމަހު ތިނަދޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފަހަން ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ކޯހަކީ ދެ ލެވެލަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އެގޮތުން ފަހަން ދަސްކޮށްދިނުމުގެ ބޭސިކް ކޯހެއްގެ އިތުރުން އެޑްވާންސް ކޯހެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި ކޯހުގައި ދެޖިންސުގެ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. ކޯހުގައި ބައިވެރިވުމަށް ފީއެއް ދައްކަވަން ޖެހޭއިރު ފީގެ 50 ޕަސެންޓް ދެއްކުމަށް ހަމަޖެހިފައިވަނީ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިންނެވެ.
މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޯހުގައި ބޭނުންކުރާ ފަހާފޮއްޓާއި ފެހުމަށް ބޭނުންވާ ތަކެތީގެ އިތުރުން މެޓީރިއަލްސްވެސް ފޯރުކޮށްދޭނީ އެކޮމެޓީއިންނެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ކޯހުގައި ފުރިހަމަ ކުރި ލެވެލްގެ ސެޓްފިކެޓެއް ދިނުމަަށްވެސް ވަނީ ހަމަޖެހިފައި އެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މިގޮތުން ރަޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި އެވެ.



%20(3).jpeg?w=3840&q=75)




