
013-ameer-869x580
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި މަހުގެ 31 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ބަޖެޓްގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ އަންނަ އަހަރުގެ ބަޖެޓްގައި އަލަށް ހިމަނާނެ މަޝްރޫއުތަކާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރުކަމަށްވާތީ ގިނަ އާ މަޝްރޫއުތަކާއި އެކު ބަޖެޓް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއަހަރަށް ހުށައަޅަނީ ކިހާ ވަރެއްގެ ބަޖެއްގެ ކަމެއް އަދި ނޭނގެއެވެ.
މިއަހަރަށް ލަފާކުރި ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް އެހީ ލިބިފައިނުވާއިރު ދައުލަތުގެ ދަރަނި ބޮޑުވަމުންދާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)






