
2030415
ކަރާތަކެއްގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ސައުދީގެ ރިޔާދަށް އެތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގެންފި އެވެ.
އެޤައުމުގެ ފުލުހުން ވަނީ މި މައްސަލާގައި ސައުދީގެ ދެ މީހަކާއި ސީރިއާގެ ތިން މީހަކު ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރުކޮށްފައެވެ.
އެމީހުން ވަގަށް އެތެރެކުރަން އުޅުނީ 765،000 އެމްފެޓަމިން ޓެބްލެޓް ކަމަށާއި އެ ޓެބްލެޓްތައް ވަގަށް އެތެރެކުރަން އުޅުނީ ކަރާ ޝިޕްމަންޓުގެ ތެރޭގައި ފޮރުވައިގެން ކަމަށް ފުލުހުން ބުނެއެވެ،
ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލްގެ ތަރުޖަމާނު މޭޖަރ މުޙައްމަދު އަލް ނުޖައިދީ ބުދަ ދުވަހު ވިދާޅުވީ، މަސްތުވާތަކެއްޗާއި، ވަގު ވިޔަފާރިކުރާ ގޭންގުތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގި ފޮލޯއަޕްގެ ސަބަބުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި 765،000 އެމްފެޓަމިން ޓެބްލެޓް އަތުލައިގަނެވުނު ކަމަށެވެ.
އަދި އެ ހުރިހާ ތުހުމަތެއް ކުރެވޭ އެންމެން ހައްޔަރުކޮށް، އެ މީހުންނާ މެދު ފުރަތަމަ ގާނޫނީ ފިޔަވަޅު އަޅައި، ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
















