.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

alamgiri
ގިނަ ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯކުރި މައްސަލައިގައި ދައުވާ އުފުލި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރްގެ މައްޗަށް ހުކުމް ކުރުން މިއަދަށް ވަނީ ތާވަލްކޮށްފައެވެ.
މީގެ ކުރިން އަލަމްގިރިއަށް ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހުކުމް ކޮށްފައެވެ. އަދި މިހާރު އަލަމްގިރިއަށް ކޮށްފައިވަނީ އޮރިޔާންކާޑު އުފެއްދުމުގެ 40 ދައުވާއެކެވެ. އެދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.
އެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައިވަނީ، އަލަމްގިރް އާއި ދައުލަތުގެ ފަރާތުން އަދަބާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރްއާ އެކު އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އޭގެތެރެއިން ރަފީއު އެއް އަހަރަށް ޖަލަށް އަދި ނާޒިމް ތިން މަހަށް ގޭބަންދު ކުރަން ހުކުމް ކުރިއިރު ނަޝީދުގެ މައްސަލައިގައި އަދި ހުކުމެއް ކޮށްފައެއް ނުވެއެވެ.
.jpeg?w=3840&q=75)



.jpg?w=3840&q=75)


