.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

alamgiri
ގިނަ އަދަދެއްގެ ދިވެހިންތަކަކާއެކީ އެއްޖިންސުން ގުޅުން ހިންގައި އެމަންޒަރުތައް ވީޑިއޯކުރި މައްސަލައިގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއަށް އޭނާ އިއުތިރާފްވެއްޖެއެވެ.
އެ 40 ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިއަށްގެންދިޔައިރު އެ ދައުވާތަކަށް އޭނާ އިއުތިރާފްވުމުން ދެން އޮންނާނީ ހުކުމް އިއްވުމެވެ. މިއަދުގެ އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.
އަލަމްގިރިގެ މައްޗަށް އިތުރު 40 ދައުވާ އުފުލިއިރު މީގެކުރިން އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާ ސާބިތުވެ ވަނީ ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
އަލަމްގިރިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.
މީގެތެރެއިން ނާޒިމް ހަތަރު މަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފައިވާއިރު، އަބްދުއްރަހްމާން އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަލަމްގިރިއާ އެކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވި އެކި ފިޔަވަޅުތައް އެޅި މީހުންގެ ތެރޭގައި ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހާއި ކަސްޓަމްސް އާއި ސިފައިންނާއި ފުލުހުންނާއި ޓީޗަރުންނާއި މުދިމަކު ވެސް ހިމެނެ އެވެ.
.jpeg?w=3840&q=75)



.jpg?w=3840&q=75)


