.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

8050569677_d305070e24_b
ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި، އެމަންޒަރު ވީޑިއޯކޮށް ބްލެކްމެއިލް ކުރި މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ، އަބްދުއްރަހްމާން ރަފީއު (ދޮންދިގު)އަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމަށް ޕީޖީން ނިންމި ނިންމުން ކުށްވެރިކޮށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީީ، ރާއްޖޭގައި ފަހުގެ ތާރީހެއްގައި އަލަށް ހުކުމެއް ބޮޑުވެގެން ދައުލަތުން އިސްތިއުނާފް ކުރަނީ ކަމަށާއި، އަދި އެވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުން ސާބިތުވި މީހެއްގެ ހުކުމެއް ކަމަށެވެ. އަދި އެކަމަކީ ޒުވާން ޖީލަށް ދެވޭނުބައި މެސެޖެއް ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، ދޮންދިގު އަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ނިންމާފައިވަނީ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. މި މައްސަލާގައި ދައުލަތުން އެދުނީ އަސާސީ އަދަބެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. ނަމަވެސް ކޯޓުން އިއްޔެ ހުކުމް އިއްވީ އޭނާ އެއް އަހަރާއި ދެ މަހަށް ޖަލަށްލުމަށެވެ.
އެއްޖިންސުންް ގުޅުން ހިންގި މައްސަލާގައި ދޮންދިގަށް ޖަލު ހުކުމެއް އައި އިރު، އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ހުކުމްކުރީ މި މަހުގެ 15 ގަ އެވެ.
.jpeg?w=3840&q=75)



.jpg?w=3840&q=75)


