.jpg?w=3840&q=75)
New Project (54)
ޗައިނާގެ ރެސްޓޯރެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހަކު ފިހިގެން މަރުވެއްޖެއެވެ.
އެގައުމުގެ ޖިލިން ޕްރޮވިންސްގްގެ ވެރިރަށް ޗަންގްޗުންގައި ހުންނަ ހޮންގްޔޫ ޒިއާއޮޔޫބިންގް ޕީޕަލްސް ނަމަކަށް ކިޔާ އެރެސްޓޯރަންޓުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:40 އެހާކަންހާއިރު ކަމަށާއި، އެވަގުތަކީ އެރެސްޓޯރަންޓުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ވަގުތެއް ކަމަށް ޗައިނާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިހާދިސާގައި ތިން މީހަކަށް އަނިޔާވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، 17 މީހެއްގެ ހަށިގަނޑު ވަނީ އަނދައި ހުލިވެފައިވާ އިމާރާތުން ނެރެފައި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުންނާއި ވީޑިއޯތަކުން އެއިމާރާތުގައި ވަރަށް ބޮޑަށް އަލިފާން ހިފާފައި ހުރި މަންޒަރު ފެނެއެވެ. އެއަލިފާން ނިއްވާފައިވަނީ ފަޔާފައިޓަރުންނާއި އާންމުންގެ އެހީގައެވެ.














.jpg?w=3840&q=75)

.jpg?w=3840&q=75)