
Screenshot 2022-09-24 at 09.42.04
އިންޑޮނޭޝިއާގެ އަންހެނަކު ކީރިތި ޤުރުއާން ކިޔަވަމުންދަނިކޮށް ނިޔާވެގެން ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ޖަކާޓާގެ އައްސާފިއްޔާ މިސްކިތުގެ މުދައްރިސެއް ކަމަށްވާ އުސްތާޒާ ތަސްލީމާ ނިޔާވީ ޤުރުއާން ކިޔަވައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނިކޮށެވެ. އެކަމަނާ ނިޔާވިއިރު އެންމެ ފަހު ބަހަކަށް ކިޔާފައިވަނީ وَإِلَـٰهُكُمْ إِلَـٰهٌ وَاحِد އެވެ.
ޖަކާޓާގެ އައްސާފިއްޔާ މިސްކިތުގެ އެއް މުދައްރިސް އުސްތާދާ ތަސްލިމާ އަވަހާރަވީ ބުރާސްފަތި ދުވަހު ޚަތަމް އަލް ޤުރުއާން ކިޔަވައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނިކޮށެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އަންހެނަކު ޤުރުއާން ކިޔަވާ މަންޒަރެވެ. ޖުމްލަ 1 މިނެޓާއި 7 ސިކުންތުގެ އެވީޑިއޯއިން އަންހެން މީހާ ޤުރުއާން ކިޔަވަމުންދާ މަންޒަރު ފެނެއެވެ. އަދި އެވީޑީއޯގެ 49 ވަނަ ސިކުންތުން އަންހެން މީހާއަށް ގޮތެއްވާތަން ފެނެއެވެ. އަދި އިރުކޮޅަކުން އެމީހާ ވެއްޓޭ މަންޒަރުވެސް ފެނެއެވެ.
މީޑީއާ ރިޕޯޓުތައް ބުނާ ގޮތުގައި އެމީހާ ވެއްޓުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭރު އެއަންހެން މީހާ ނިޔާވެފައިވާ ކަމަށެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)




