






.jpg?w=3840&q=75)

ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) ގެ ކީޕަރު ޚަދީޖާ.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަން ސެމީފައިނަލް ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ ބަލިކޮށް ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ވީސީއެސްއޭ ޖާގަ ހޯދި ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
އައިޔޫއެމްއެސްޔޫ ސެމީފައިނަލުން ޖާގަ ހޯދީ މުބާރާތުގައި ކުޅުނު ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު ލީގުބުރުގެ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް ވީސީއެސްއޭ އިންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 14-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވީސީއެސްއޭ އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި އައިޔޫއެމްއެސްޔޫ އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މި ސެޓުގައި ދެޓީމުގެ ފަރާތުން ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި މިސެޓް ވީސީއެސްއޭގެ ކީޕަރު ޚަދީޖާގެ މޮޅު ސޭވްތަކާއެކު އެޓީމުން ކާމިޔާބުކުރީ 6-7 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި ވީސީއެސްއޭގެ މާލް އަށް ޕޮއިންޓް ކާމިޔާބުކުރިއިރު. އެޓީމުގެ ހުޝާމާ ހަތަރު ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި އެޓީމުގެ އަފްނާން އަދި އުލްޔާ މިއިން ކޮންމެ ކުޅުންތެރިއަކު ތިން ޕޮއިންޓް ހޯދިއިރު، އެޓީމުގެ އާލާ ދެ ޕޮއިންޓް އަދި ލައިބާ ވަނީ އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޒިކުރާގެ ރަމްޒިއްޔާ ފަސް ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ އުލްޔާ ހަތަރު ޕޮއިންޓް، ޒާރާ ދެ ޕޮއިންޓް އަދި މާޝާ ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ ކީޕަރު ޚަދީޖާ އެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.








