
swq
ސައްކަތުގެ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންތަށް އިންޑިއާއަށް ދިޔުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.
މިދަތުރަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހި ކުރުމުގެ ގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އިތުރު ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ފަންޑުކޮށް ހަމަޖައްސައި ދެއްވާފައިވާ ދަތުރެކެވެ. މި ދަތުރަކީ ފަސް ދުވަހުގެ ދަތުރެކެވެ.
އެގޮތުން މި ދަތުރުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ 23 މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުގައި ބައިވެރިވާ މުވައްޒަފުންނަށް މި ދަތުރުގެ ޓިކެޓް މިއަދު ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ފަރާތުން ޓިކެޓްއާއި ހަވާލުވެ ވަޑައިގެންނެވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޑައިރެކްޓަރ އޮފް އޭވިއޭޝަން ސެކިއުރިޓީ އަލީ އަސްގަރުއެވެ.
މި ދަތުރުގެ ބައިވެރިން އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)
%20(1).jpg?w=3840&q=75)

