





.jpeg?w=3840&q=75)


MIB-pm02uofny0w7ks24hc26c37g7mhittz7kbw4kueao8
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމެއް ގއ ދާންދޫއަށް ޒިޔާރާތްކުރުމަށް ހަމަޖެހިއްޖެ އެވެ.
ދާންދޫ ކައުންސިލުން މައުލޫމާތު ދޭގޮތުގައި އެމްއައިބީ ޓީމުން އެރަށަށް ޒިޔާރާތް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޒިޔާރާތުގައި އިސްލާމިން ބޭންކާއި ގުޅުންހުރި މައުލޫމާތު ދިނުމުގެ އިތުރުން އެމްއައިބީގެ ހިދުމަތްތަކަށް އެދިވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކާށް އެފުރުސަތުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިވަގުތު ހުވަދު އަތޮޅުގައި އެމްއައިބީގެ ބްރާންޗެއް ހުންނަނީ ގދ ތިނަދޫގައި އެވެ. އެގޮތުން ތިނަދޫގައި ވަނީ ދާދި ފަހުން އޭޓީއެމް ސެންޓަރެއްވެސް ހަދައި ހިދުމަތް ދޭން ފަށާފައެވެ.
އެމްއައިބީއިން އަންނަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް އެބޭންކުގެ ހިދުމަތްތަށް ދޭން ފެށުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ތަފާތު ގިނަ ހިދުމަތްތަކެއް އެކުންފުނިން މިހާރު އަންނަނީވެސް ތައާރަފްކުރަމުންނެވެ.








