





.jpeg?w=3840&q=75)


mibss
ޕީއޯއެސް މެޝިން ބޭނުންކޮށްގެން ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން ތައާރަފްކޮށްފި އެވެ.
އިސްލާމިކް ބޭންކުން ތައާރަފްކުރި އެ ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ލިބޭނެއެވެ. ކޮންމެ ދުވަހަކު ގިނަވެގެން ޖަމާކުރެވޭނީ 50،000 ރުފިޔާއެވެ. އަދި އެ ޚިދުމަތް ބޭނުންކޮށްގެން ޕީއޯއެސް މެޝިނުން ދުވާލަކު ނެގޭނީ 5000 ރުފިޔާ ކަމަށް އެ ބޭންކުން ބުންޏެވެ.
އިސްލާމިކް ބޭންކުން ބުނީ އެ ޚިދުމަތް ބޭނުންކޮށްގެން ފައިސާ ޖަމާކުރުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ފައިސާ ނަގާނަމަ 10 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ޚިދުމަތް ފުޅާކުރަން އިސްލާމިކް ބޭންކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށުން އެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އެންގުމަށް އެ ބޭންކުންވަނީ އެދިފައެވެ.




