.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

PG-Shameem
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ ތެރޭގައި 235 މައްސަލައެއްގައި ދައުވާ އުފުލައިފި އެވެ.
ޕީޖީ އޮފީހުން މިދިޔަ މަހު ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު މިއަދު އާންމުކޮށްފައިވާއިރު މިދިޔަ މަހު އެ އޮފީހަށް 271 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން ދައުވާކުރުމަށް ކޯޓުތަކަށް ފޮނުވާފައިވަނީ 235 މައްސަލައެކެވެ.
ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލައަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެވެ. މިއީ ހުށަހެޅުނު މައްސަލަތަކުގެ 53 އިންސައްތަ އެވެ.
މިދިޔަ މަހު އެންމެ ގިނަ ދައުވާތައް ހުށަހަޅާފައިވަނީ ޑްރަގް ކޯޓަށެވެ. އެ ކޯޓަށް 63 މައްސަލައެއް ހުށަހަޅާފައިވާއިރު، 62 މައްސަލައާއެކު ދެވަނައަށް އެންމެ ގިނަ ދައުވާ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ގިނަވަމުން އަންނައިރު މިދިޔަ މަހު ޑްރަގް ކޯޓުން ޖުމްލަ 98 މައްސަލައެއް ބަލައި ނިންމާފައިވެއެވެ.
.jpeg?w=3840&q=75)


