

.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

.jpg?w=3840&q=75)


Hunoo
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނިކޮށް، ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ހުނޫ ދޫކޮށްލަން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރުކުރީ، އޭނާ ދިރިއުޅެމުންދިޔަ ގެއިން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނާއި އެ ގެއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެހެން ފަރާތަކުން ނެގުމުންނެވެ.
އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
ހުނޫ އޭނާގެ ލޯބިވެރިޔާއާއެކު މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހުނޫގެ މައްޗަށް ދަޢުވާ އުފުލީ މިދިޔަ މާޗު 28 ގައެވެ. ހުނޫގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 01 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާއެވެ.


.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)


.jpg?w=3840&q=75)
