.jpeg?w=3840&q=75)








jlpylt0q-large-1
އޭޝިއާގެ އެންމެ ފުރިހަމަ ރަށަށް ދޭ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑުގެ އެއްވަނަ އަދި ދެވަނަވެސް ރާއްޖެއިން ހޯދައިފިއެވެ.
އޭޝިއާގެ އެންމެ މަގުބޫލު މަންޒިލްތަކާ ގުޅޭ ހަބަރު ގެނެސްދޭ މަޝްހޫރު އެއް މަޖައްލާ އެއް ކަމަށްވާ "ޓްރެވަލް ޕްލަސް ލެޝާ" އިން މިދިޔަ ބުދަ ދުވަހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި "ވޯލްޑް ބެސްޓް އެވޯޑްސް 2022" ގައި އެއެވޯޑުތަކާ ހަވާލުވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންއެވެ.
އެ މަޖައްލާއިން ކޮންމެ އަހަރަކު ވެސް ހޮވާ ވޯލްޑް ބެސްޓް އެވޯޑްސް ބިނާވެފައިވަނީ ކިއުންތެރިންގެ މެދުގައި ބާއްވާ ސާވޭއަކަށެވެ. އެސާވޭގައި ކިއުންތެރިން ދުނިޔޭގެ އެކި ހިސާބުތަކަށް ކުރާ ދަތުރުތަކުގެ ތަޖުރިބާތަކާއި، އެތަންތަނުގެ ގުދުރަތީ ރީތިކަމާއި، ގޮނޑުދޮށްތަކާއި، އެތަނުގެ ހަރަކާތްތަކާއި މީހުންގެ ގާތްކަން އަދި ހުރިހާގޮތަކުން ވެސް އެންމެ ކަމުދާ މަންޒިލްތައް ރޭޓް ކުރަން ޖެހެ އެވެ.
މި އަހަރުގެ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑުގައި ރާއްޖެއާ އެންމެ ކައިރިން ވާދަކުރީ އިންޑޮނޭޝިއާގެ ބާލީ އެވެ. އެ ކެޓަގަރީގެ ތިންވަނަ ހޯދާފައިވަނީ ތައިލެންޑްގެ ޕުކޭޓެވެ.
ދުނިޔެއިން ތިން ވަނަ ހޮޓަލަކަށް ހޮވިފައިވާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ވަނީ އެ މަޖައްލާގެ އޭޝިއާގެ އެންމެ ފުރިހަމަ ރިސޯޓް ހޮޓެލްގެ އެވޯޑު ހޯދައިފަ އެވެ. އަދި އެ ލިސްޓުގެ ދެވަނާގައި ވާދަކުރަނީ ރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށެވެ.
.jpeg?w=3840&q=75)



