
106748083-16028659872020-10-16t083126z_88492605_rc2kjj9kjppk_rtrmadp_0_emerging-markets copy
ކައިރިކައިރީގައި ދުނިޔޭގައި ނުރައްކާތެރި ބަލިމަޑުކަން ފެތުރޭތީ ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި މަކުނުވިދުރިފަދަ ބަލިތައް ފަހަކަށް އައިސް ފެތުރެމުންދަނީ ވަރަށް ކައިރިކައިރީގައި އެއް ބަލިމަޑުކަމުން އަރައިނުގަނެވިގެން އުޅެނިކޮށްކަމަށެވެ. އަދި ގިނަ ބަލިތަކަކީ ދިރޭތަކެތިން ޖެހޭ ބަލިތަކެއްކަން ފާހަގަކުރަމުން އެ ޖަމުޢިއްޔާއިން ބުނެފައިވަނީ އެފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށެވެ.
އެގޮތުން ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ދިރޭތަކެތީގެ އުޅުމަށްވެސް ބަދަލުތަކެއް އަންނަކަމަށާއި ދިރޭތަކެއްޗަށް ކުރިން ޖެހުނު ބަލިތައް މިހާރު އިންސާނުންނަށްވެސް ޖެހެން ފަށާފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެފަދަ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށްވެސް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.
ކައިރިކައިރީގައި ދުނިޔޭގައި ތަފާތު ބަލިމަޑުކަން ފެތުރޭތީ ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ކަންބޮޑުވުންފާޅުކޮށްފައިވަނީ އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން އެތައް ސަތޭކަ ބަޔަކަށް މަކުނުވިދުރި ޖެހިފައިވަނިކޮށެވެ. އެ ބަލި އެންމެ ފުރަތަމަ ޖެހިފައިވަނީ ރާމާމަކުނަށެވެ. ނަމަވެސް އޭގެ ފަހުން އެފްރިކާގެ ބައެއް ޤައުމުތަކުގައި އެ ބަލިފެތުރި އެންމެ ފަހުންވަނީ ދުރު ސަރަޙައްދުތަކުގައިވެސް ފެތުރެން ފަށައިފައެވެ.
















