
ދަ ޓްރެވެލާގެ އުމްރާގެ ދަތުރުވެރިން
ދަތުވެރިޔާގެ ހަވާލުގައި ޑިސެންބަރު މަހު އުމްރާއަށް ދާ ފަރާތްތަކަށް ރަނުގެ ފުރުސަތުތަކެއް ދަތުރުވެރިޔާ އުމްރާ ގްރޫޕް މިވަނީ ހުޅުވާލާފަ އެވެ.
ދިވެހީންގެ މެދުގައި ޢުމްރާގެ އަޅުކަމަށް ގެންދިއުމުގައި މަގުބޫލު ދަތުރުވެރިޔާގެ ފަަރާތުން އައްޑޫ މައްކާ ރޫޓުން ޑިސެންބަރު މަހު، އައްޑޫ އިން ސީދާ ޖިއްދާއަށް ދަތުުރުކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ޑިސްކައުންޓަކާއިއެކު ޕެކޭޖްގެ އަގު މިވަނީ ހެޔޮކޮށްފަ އެވެ.
މީގެއިތުރުން އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ރަޖިސްޓްރީ ކުރާ ފަރާތްތަކަށްވެސް ރަނުގެ ފުރުސަތެއް ދަތުރުވެރިޔާ އުމްރާ ގްރޫޕުން މިވަނީ ހުޅުވާލާފަ އެވެ. އެއީ އެ ފަރާތްތަކަށް 28،499 ރުފިޔާއަށް އުމްރާގެ އަޅުކަން އަދާކުރުމަށް ދެވޭ ފުރުސަތު ފަހިވެގެންދިއުމެވެ.
މިއީ މި ގޮތަށް އައްޑޫ އިން ސީދާ ޖިއްދާ އަށް ދެވޭނެ ގޮތައް ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ. އެގޮތުން ފުރަތަމަ ފަހަރު މޯލްޑިވިއަން އާއި ދަތުރުވެރިޔާ ގުޅިގެން ތައާރަފްކުރި އައްޑޫ މައްކާ ރޫޓުން މިދިޔަ މަހުގައި، ގަމުން ސީދާ ޖިއްދާ އަށް ޑައިރެކްޓް ފްލައިޓް ބާއްވައިގެން ކާމިޔާބު ދަތުރެއް ކޮށްފައިވެ އެވެ.
ދަތުރުވެރިޔާ އުމްރާ ގްރޫޕުން ދަތުރުވެރި ހާޖީންގެ ތެރެއިން އައްޑޫ އިން ފުރާ ހާޖީންގެ ލަގެޖް ދޮރުން ދޮރަށް ގޮސް ކަލެޓް ކުރުން އަދި ފަސް އުމްރާ ކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. އަދި އައްޑޫ އިން ސީދާ ޑައިރެކްޓް ފްލައިޓްގައި ޖިއްދާއަށް ދާ ފަރާތްތަކަށް 46 ކިލޯގެ ލަޖެގްވެސް ގެންދެވެ އެވެ.
މީގެއިތުރުން ހާޖީންނަށް އުމުރާގެ އަޅުކަމާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ގިނަ އޮންލައިން ސެޝަންތައް ކުރިއަށްގެންދިއުމާއި، ފެން ވަރު ރަނގަޅު ޚިދުމަތާއި ފެން ވަރު ރަނގަޅު، އެންމެ 8 މިނެޓުން ހިނގާފައި ހަރަމަށް ދެވޭ ހިސާބުގައި ހުންނަ ހޮޓާގެ ހިދުމަތްވެސް ދަތުރުވެރިޔާ އުމްރާ ގްރޫޕްގެ ފަރާތުން ލިބެ އެވެ. އަދި ދަތުރުމަތީގައި ދިވެހި ރަހަތަކުގެ ކެއުން ލިބުމާއި، އެއްޗެހި ދޮވުމުގެ ހިދުމަތާއި، ޢުމްރާއަށް ތިޔަ ބޭފުޅުން ތައްޔާރު ކޮށްދިނުން އަދި ދަތުރު ނިމުމުން ގްރޫޕްގެ ފަރާތުން ކޮންމެ ބޭފުޅަކަށް 5ލީޓަރު ޒަމްޒަމް ފެން ފުޅިއެއްވެސް ލބިގެންދެ އެވެ.
ދަތުރުވެރިޔާ އުމްރާ ގްރޫޕުން މިވަނީ މިއަންނަ އަހަރުގެ ރަމަޟާން މަހަށް ދަތުރުތައް ހުޅުވާލާފަ އެވެ. އަދި މިހާރުން ފެށިގެން އޮންލައިންކޮށް ރަޖިސްޓަރ ކޮށްގެން ދަތުރުގެ ޖާގަ ttumurah.com މެދުވެރިކޮށް ކަށަވަރު ކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލާފަ އެވެ.
އެހެންކަމުން 1500 ރުފިޔާގެ ޑިސްކައުންޓަކާއެކު އައްޑޫ މައްކާ ރޫޓް ހިޔާރުކޮށްގެން، 1510 އަށް ގުޅުއްވައިގެން ނުވަތަ 9476612 އަށް ވައިބާ ކޮށްގެން ރަޖިސްޓްރީ ކުރުމަށްވަނީ ހުޅުވާލާފަ އެވެ.














