
stop-smoking-concept--1141358432-7447ddf163724342b857331902df3e94
ރާއްޖޭގައި އެވްރެޖްކޮށް ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއްދުވަހު އެކަކު މަރުވަނީ ސީދާ ދުންފަތުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން އަންދާޒާކޮށްފިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ނެރުނު ހާއްސަ ރިޕޯޓްގައި ބުނެފައި ވަނީ، ދުނިޔޭގައިވެސް އަދި ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކަށް ވެފައިވަނީ ދުންފަތް ކަމަށެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވޭންދެނިވި ދިގުމުއްދަތުގެ ބަލިތައް ކަމަށް އެ ރިޕޯޓްގައި ބުނެފައިވާއިރު، މިއީ ބަލިމީހާ އާއި އެ އާއިާއިލާތަކުން އެތައް ހިތްދަތިކަމާއި ވޭން ތަހަންމަލު ކުރަންޖެހޭ ކަމެއް ކަަމަށް ބުނެފައި ވެއެވެ.
އެ ރިޕޯޓުގައި ބުނީ ރާއްޖޭގައި އެބަލިތަކަކުން އަދި އެބަލިތަކުގެ ހިރާސަތްކަށް ހުށަހެޅިގެން އެންމެބޮޑަށް މީހުން މަރުވާ އަދި ބަލިމަޑުކަމާ ނުކުޅެދުންތެރިކަމަށް ހުށަހެޅެނީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކާ އޭގެ ހިރާސްތަކުން ކަަމަށެވެ. މީގެ ތެރެއިން %84 އަކީ ހިތުގެ ބައްޔާ، ސްޓްރޯކާ، ކެންސަރާ ހަކުރުބައްޔާ ނަފުސާނީ ބަލިތައް ހިމެނޭ ކަމަަށް ބުނެފައި ވެއެވެ.
މި ހުރިހާ ބަލިތަކަށް އެންމެ އާއްމު އެއް ހިރާސްއަކީ ދުންފަތް ކަމަށް އެ ރިޕޯޓުގައިވާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ރާއްޖޭގައި އަހަރުން އަހަރަށް އިތުރުވަމުންދާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އަހަރުން އަހަރަށް ބަލާއިރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮންމެ އަހަރަކުވެސް ކުރަނީ މިފަދަ ބަލިތަށް ތަޙައްމަލު ކުރާ މީހުންގެ ބޭސްފަރުވާއަށް ކަަމަށްވެސް ބުނެފައި ވެއެވެ.
ރާއްޖެއާ އެއްފަންތީގައި ހިމެނޭ ތަރައްގީ ވަމުން އަންނަ ގައުމުތަކާ އަޅާކިޔާއިރު، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަތިކަން ފާހަގަ ކުރެވޭ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.
















