
301109_3_dd601a66a289a017287745b98c033cf5aa47b8d2_large
ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ނުވަ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ކޯޓަށް ނުގެންގޮސް ތިން މީހަކު ފުލުހުން ދޫކޮށްލި އެވެ. ބާކީ ތިބި ހަ މީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް އިތުރުކުރި އެވެ.
އެ މުއްދަތު އިއްޔެ އަށް ހަމަވިއިރު ބަންދުގައި ތިބި އެންމެން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކޯޓަށް ހާޒިރުނުކޮށެވެ.
އެމީިހުން ފުލުހުންގެ ހައްޔަރުން ދޫކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލްވެސް މިއަދު ވަނީ ނޫސްވެރިންނަށް ކަށަވަރުކޮށްދެއްވާފައެވެ.
ފުލުހުން އެ މީހުން ހައްޔަރުކުރިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައެއް ވަޒީރުންނާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިން ތިއްބެވީ އައްޑޫ ސިޓީގަ އެވެ.



%20(1).jpeg?w=3840&q=75)



%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)




