
tByhKGoxh1yjThWlD3ztwnevIR9ovS2V9cvaPg1S
މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް އަދި އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީވެސް އިތުރުވެއްޖެއެވެ.
ކަސްޓަމްސް އިން ރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 325 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނީ 256 މިލިއަން ރުފިޔާއެވެ. މިއާއި އެކު މިއީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު %27 ވަނީ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓް ވަނީ ކުރީ އަހަރާ އަޅާބަލާއިރު %39 އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓް ކުރި އިރު 2021 ވަނަ އަހަރު އިމްޕޯޓް ކުރީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓް ވަނީ ކުރީ އަހަރާ އަޅާބަލާއިރު %29 އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު 309 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެކްސްޕޯޓް ކުރި އިރު 2021 ވަނަ އަހަރު އެކްސްޕޯޓް ކުރީ 239 މިލިއަން ރުފިޔާގެ މުދަލެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކުރީ އޮމާނުންނެވެ. އެގައުމުން 621 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު ޔޫއޭއީން 613 މިލިއަން ރުފިޔާ އަދި އިންޑިއާއިން 509 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފައެވެ.
މިދިޔަ މަހު ރާއްޖޭން އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ 144 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖޭން މުދާ އެކްސްޕޯޓް ކުރާ އެހެން ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނާއި އިންޑިއާ އަދި ފްރާންސް ހިމެނެއެވެ.










.jpeg?w=3840&q=75)