
.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)




photo1643862698
ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ އެކަމުން ލިބޭނެ ގެއްލުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގައުމާ މުޚާތަބްކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ދެ ގައުމުގެ ދެމެދުގައި ހިނގާ ހަނގުރާމަ ދިގުދެމިގެން ގޮސްދާނެ ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ހަނގުރާމަ ދިގު ދެމިގެން ގޮސް އެންމެ ގޯސް ހާލަތަށް ކަންތައްތައް ގޮސްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އިން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުން. --- ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
ރައީސް ވިދާޅުވީ، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކަމަށް ލަފާ ކުރެވޭ ބަދަލުތައް ދިރާސާކޮށް ފަތުރުވެރިކަމަށް އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތްތައް ޓޫރިޒަމް އާއި އެމްއެމްޕީއާރްސީން ކުރަމުންދާ ކަމަށެވެ.
ރަޝިޔާ އާއި ޔޫކްރޭނާއި ދެމެދު ހަނގުރާމަތައް ކުރަން ފެށީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. ރަޝިޔާއަކީ މި އަހަރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެކެވެ. އަދި ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރޭން ވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޓޮޕް 10 މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށެވެ. ނަމަވެސް ފަހުން އެ ލިސްޓުން ޔޫކްރޭން ވަނީ ގެއްލިފައެވެ.
މި ހަނގުރާމައާ ގުޅިގެން ޔޫކްރޭނަށް ބޮޑެތި ގެއްލުންތައްވެސް ދަނީ ލިބިގެންނެވެ. އަދި އެ ގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކުރާ މީހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެެވެ. މި ހަނގުރާމަ ފެށުނުއިރު ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުންވެސް ވަނީ ރާއްޖެ ގެނެސްފައެވެ.

.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)



