

.jpg?w=3840&q=75)






ezgif.com-gif-maker (4)
ރަޝިޔާގެ ސަރުކާރުން ފަންޑްކޮށްގެން، ޕްރޮޕެގެންޑާ ފަތުރާ ޗެނަލްއެއް ކަމަށްބުނެ، ހުޅަނގުގެ ބައެއް ޤައުމުތަކުން އާރުޓީ ޗެނަލް ބޮލޮކްކޮށްފައިވަނިކޮށް ރާއްޖޭގެ ކޭބަލް ޓީވީ ޚިދުމަތް ފޯރުކޮށްދޭ މީޑިއާ ނެޓުންވެސް އާރުޓީ ޗެނަލް މެދުކެނޑިއްޖެ އެވެ.
މީޑިއާ ނެޓުން މިއަދު ބުނެފައިވަނީ، ޗެނަލް ދުރަށް ދެއްކުމުގައި ދަތިތަކާއި ކުރިމަތިވެފައިވަނީ، އެ ޗެނަލް ދެއްކުމުގެ ރައިޓްސް މީޑިއާނެޓުން ނަގާފައިވާ ފަރާތުން އެ ޗެނަލް ސެޓެލައިޓް ފީޑުން ނެގުމާ ގުޅިގެންނެވެ.
އާރުޓީ ޗެނަލްއަކީ، ރަޝިޔާ އަދި ޔޫކްރެއިންގެ ޚަބަރުތައް ބެލުމަށް ގިނަ ދިވެހިން ބަލާ ޗެނަލްއެކެވެ.
އާރުޓީ ނުވަތަ 'ރަޝިއާ ޓުޑޭ"ގެ ޚަބަރުތައް ހޯދުމުގައި ފޭސްބުކް އަދި ޓްވިޓަރ އިންވަނީ ދަތިކޮށްފައެވެ. މީގެ އިތުރުން، ގޫގަލް، ޔޫޓިއުބް އަދި ފޭސްބުކް މެދުވެރިކޮށް، ރަޝިޔާ ޓުޑޭއަށް ފައިސާ ހޯދޭނެ މަގު ބަންދުކޮށް، އެ ކުންފުނި ތަކުންވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެ ފިޔަވަޅުތައް އަޅާފައިވަނީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތަކުގެ ކަވަރޭޖް ގެެނެސްދިނުމުގައި ޕްރޮޕެގެންޑާ ފަތުރާ ކަމަށް ބުނެއެވެ.


.jpg?w=3840&q=75)

