







މަގު
ބޯހިމެނުމުގެ މަސައްކަތަށް މީހުން ހޯދުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އިއުލާނުކޮށްފި އެވެ.
އެންބީއެސް އިން ކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ ސެޕްޓެމްބަރު 13 އާއި 14 އަދި އެ މަހުގެ 17-25 އަށް ކުރިއަށް ގެންދާ ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މެއި މަހުގެ 31 އަށް ހުޅުވާލާފައިވާ ކަމަށެވެ.
ޓްރެއިނަރުންނާއި އެނިއުމޭޓަރުންގެ ގޮތުގައި 4،400 މީހުން ބޭނުންވާ ކަމަށް ވެސް ބިއުރޯއިން ވަނީ ބުނެފައެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އޯގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެންބީއެސްއިން ބުނެފައިވާ ގޮތުން މިމަސައްކަތުގައި ބައިވެރިވާ މީހުންނަށް ތަމްރީނުތަކުގެ ދުވަސްވަރުގަ އާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ދެވޭނެއެވެ.
މިކަމަށް ޝައުގުވެރިވާ މީހުންނަށް މި ލިންކް މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ. އިތުރު މައުލޫމާތު 3008400/3008408 އިން ހޯދޭނެ އެވެ.



