








129018164_181408560302257_8139260320057345724_n
ގއ. ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް ޗެލެންޖް 2022 ގައި 12 ޓީމަކުން ބައިވެރިވެއްޖެ އެވެ.
އެ މުބާރާތަކީ ވިލިނގިލީގެ ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން ރަށު ކައުންސިލުން މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުބާރާތެކެވެ. ވިލިނގިލީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި އިރު، މުއްދަތު ހަމަވިއިރު ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ގުރުލުން އޮންނާނީ މިމަހުގެ 15 ވނަ ދުވަހު އެވެ.
އެ މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މިއީ އެ ރަށުގައި ކުޅިވަރު އާލާކޮށް ދިރުވައި، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އައު ކުރުމުގެ މަގްސަދުގައި ކައުންސިލުން ބާއްވާ މުބާރާތެކެވެ.
ވިލިނގިލީގައި މިދިޔަ މަހުގެ ތެރޭގައިވެސް ކުޅިވަރު މުބާރާތެއް ބާއްވާފައި ވެއެވެ. އެއީ އެރަށު ކޮމިއުނިޓީ ސެންޓަރުން އިންތިޒާމުކޮށްގެން ބޭއްވި އޮފީސްތަކުގެ ނެޓްބޯޅަ މުބާރާތެވެ. އެއީ ގއ ވިލިނގިލި ކުޅިވަރު ކަލެންޑަރުގައި ހިމެނޭ ފުރަތަމަ މުބާރާތެވެ.
ވިލިނގިލި ކުޅިވަރު ކަލެންޑަރަކީ ވިލިނގިލިން ކައުންސިލުން އެކުލާފައިވާ މިއަހަރު އެރަށުގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ކަލަންޑަރެކެވެ.




