
013-ameer-869x580
ކޮވިޑް19އާ އެކު މުޅި ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އައިސްފައިވާއިރު، އޭގެ ސަބަބުން ރާއްޖެއަށް އަސަރުކުރި ނަމަވެސް، މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ ފަސް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ހީނަރުވި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެ، މިއަހަރުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރި އަދަދަށް ފަތުރުވެރިން މީގެ ދެ ދުވަސް ކުރިން ހަމަ ވުމަކީ "ރާއްޖޭގެ އިގްތިސާދުގައި ވިންދު ޖަހާ" ކަމުގެ ނިޝާނެއް ކަމަށެވެ. ރާއްޖެ އަންނަނާ ކަމަށް ލަފާކުރި އެއް މިލިއަން ޓުއަރިސްޓުންގެ އަމާޒު ހާސިލް ވުމާއެކު ފިޗް ރޭޓިން ގައި ރާއްޖެއަށް ކުރިއެރުންތަކެއް ލިިބިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރިއެވެ.
"މިއަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ ފަސް އިގްތިސާދުގެ ތެރޭގައި ރާއްޖޭ ހިމެނޭ، ދިވެހިރާއްޖޭގެ އިގްތިސާދު މިހާ އަވަހަށް ބައުންސް ބެކް ވުމުގެ ސިއްރަކީ ކޮވިޑް19އާ ގުޅިގެން ރައްޔިތުން ކުރިމަތިލާން ޖެހުނު ދަތިތަކާއި ގޮންޖެހުންތަކާ އެކުވެސް ރައްޔިތުންގެ ވިލުންވެރިކަން،" --- ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުވަމުން އަންނަ ކަމުގެ ފަހަތުގައި ވަނީ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތައް ކަމަށެވެ. އެ ފިޔަވަޅުތަކުގެ ފައިދާ މިހާރު ކުރަން ފަށާފައިވާ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށް މިނިސްޓަރ އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


.jpg?w=3840&q=75)




.jpg?w=3840&q=75)



