







އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން އެހީ ބޭނުންވާ ކަމުގައި ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މަޝްހޫރު ނިއުސް އޭޖެންސީ "ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްތަރ ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލަށް ކުރަން ޖެހޭ ހަރަދު ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި ފަތުރުވެރިން އަންނަ އަދަދުވެސް ދަށްވެފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ އެކަންކަމާ ހުރެ ކުރިން ޓާގެޓްކޮށްގެން ތިބި 7 ޕަސެންޓްގެ ބަޖެޓު ނުވަ ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި އެކަންކަމަ ހުރެ ރިޒާވް ހަަމައަކަށް އަޅުވަން ވެސް ބައިނަލްއަގުވާމީ ވޯލްޑް ބޭންކު ފަދަ މާލީ އެހީދޭ ޑޯނަރސްގެ އެހީތެރިކަމަށް ބޭނުންވާކަމަށެވެ.
މީގެއިތުރުން ޚަދުތައް ކުޑަކުރަން އިސްލާހީ ފިޔަވަޅުތައް އަޅަން ތައްޔާރަށް ތިބި ކަމަށާއި ޚަރަދުތައް ކުރުމުގެ ކަންކަން ހަރުދަނާކޮށް ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރަމުން އަންނަކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.



