


.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)



https___www.bankofmaldives.com.mv_storage_article_486_3662_1635406517.16354065172211
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އިންތިޒާމްކޮށްގެން ހިންގާ 'ފިންކް ރިބަން ރަން-ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.
ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ އިވެންޓް ވެސް ކުރިޔަށް ދާނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ބޭންކުން ބުނެއެވެ. މި އިވެންޓް މި މަސް ނިމެންދެން ކުރިޔަށް ދާއިރު، ބައިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށްފަހު ބޭންކުން ކަނޑައަޅާފައިވާ ޕޭމަންޓް ނިޒާމުގެ ދަށުން ސީއެސްއެމް އަށް ފައިސާގެ އެހީތެރިކަން ދެވޭނެ އިންޒިތާމް ވަނީ ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރާ މަސައްކަތުގައި ހަވަނަ އަހަރުވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ އެބޭންކަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ސީއެސްއެމް އިން ހިންގާ ވަރޗުއަލް އިވެންޓަކީ، ގިނަ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން މީހުންނަށް އަންގައިދިނުމަށް ބޭއްވޭ މުހިންމު އިވެންޓެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އިން ބުނީ، މި ޕާރޓްނާޝިޕް ގެ ދަށުން ސީއެސްއެމް އިން ބީއެމްއެލް ގެ މުވައްޒަފުންނަށް ހިލޭ ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދިނުމަށް މައުލޫމާތު ސެޝަންތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.



.jpg?w=3840&q=75)




