







male-curfew-16-gadiiru-lockdown-police-mndf-joorimanaa-magumathi-24-of-25-1536x1025
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދިރިއުޅުއްވާ މުލިއާގޭ ކައިރިއަށް ދިޔަ ދެ މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އެމީހުން ހައްޔަރުކޮށް، ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ
ފުލުހުން ވިދާޅުވީ މުލިއާގެ ކައިރިއަށް ދެ މީހަކު ގޮސް، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހުން އިންޒާރު ދިނީ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެއެވެ. ފުލުހުން ވިދާޅުވީ ބޮމެއް އޮތް ކަމަށް ބުނި ދެ މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށް ފަހު، މާލޭގެ ބައެއް ސަރަހައްދުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، އޭގެ ތެރޭގައި މުލިއާގެ ވެސް ހިމެނެއެވެ. އެގޮތުން މުލިއާގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު، ފޯރިމަރަމުންދެއެވެ.




