.jpg?w=3840&q=75)
.jpeg?w=3840&q=75)






.jpeg?w=3840&q=75)
އަންނައަހަރު އިސްކަންދޭނީ ފަށާފައި ހުރި ކަންކަން ނިންމަން ކަމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް ފެށޭނެ ތާރީޚަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ފަރުމާކޮށްފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް ކަމަށާއި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ވެސް ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް އިސްކަންދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މީގެއިތުރުން ކުރީގެ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތައް ހުއްޓާލުމަށް ފަހު، މި ސަރުކާރުގެ އަމިއްލަ އެޖެންޑާއާ އެކު ކުރިއަށް ދިއުމުގެ ފުރުސަތު މި ސަރުކާރަށް އޮތް ނަމަވެސް އެ މަޝްރޫއުތައް އެއްފަރާތް ނުކޮށް، ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް ނަމަވެސް، ފައިސާގެ ދަތިކަމާ ހުރެ ފަހުން އެ މަސައްކަތްތައް އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށްވާ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެމްޑަބްލިއުއެސްސީއަށް ވެސް ފައިސާ ހޯދުމުގައި ކުރިން ދަތިތަކެއް ދިމާވި ނަމަވެސް، މިހާރު މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ 2027 ވަނަ އަހަރުގެ ބަޖެޓް ކުޑަވެފައި އޮތް ނަމަވެސް އަންނަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެކަމަށެވެ.
.jpg?w=3840&q=75)
.jpeg?w=3840&q=75)


