








ރ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން، އެ ރަށު ކައުންސިލާ ގުޅިގެން މާހަދަން ދަސްކޮށްދޭ ޚާއްޞަ ކޯހެއް ހިންގަން ނިންމައި، އެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ވާދޫ ކައުންސިލްގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމަށާއި، އަތްތެރި މަސައްކަތުގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 13 އިން 16 ގެ ނިޔަލަށެވެ. މިއީ ޖުމްލަ 4 ދުވަހުގެ މުއްދަތަށް އެ ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފީއަކީ -/300 (ތިންސަތޭކަ) ރުފިޔާއެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގެ ތެރޭގައި ބޭނުންކުރާނެ އެންމެހައި ތަކެތި ހިލޭ ފޯރުކޮށްދޭނީ ކޯސް ހިންގައިދޭ ފަރާތުން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2026 ނޮވެންބަރު 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ކައުންސިލުން އާންމުކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ނަންނޯޓު ކުރަންޖެހެއެވެ.
މި ކޯހާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ވާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ފޯނު ނަންބަރު 4000299 އަށް ގުޅުއްވައިގެން، އަދި އަށް އީމެއިލް ކުރައްވައިގެން ވެސް މަޢުލޫމާތު ސާފުކުރެއްވޭނެ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.




