






ކާށިދޫ ތަރި ގުރުއާން މުބާރާތް 1448 ގެ ދެވަނަ ބުރުގައި ވާދަކުރާ 13ބައިވެރިން...
މާލެ އަތޮޅު ކާށިދޫ ކައުންސިލްގެ 01 ވަނަ "ކާށިދޫ ތަރި" ގުރުއާން މުބާރާތް 1448 ގެ ދެވަނަ ބުރު، 13 ބައިވެރިންނާއެކު ރޭ ފަށައިފިއެވެ.
ކ. އަތޮޅު މަދަރުސާގެ ހޯލުގައި ކުރިއަށްދާ މި މުބާރާތުގެ ދެވަނަ ބުރުގައި ވާދަކުރާ 13 ބައިވެރިންގެ ތެރޭގައި ހިމެނެނީ ފާތިމަތު ލީން ޝާމިލް، އައިޝަތު އަޒުކާ އިބްރާހިމް، އާއިޝަތު އަނަމް މުއުމިން ޝަރީފް، މަލަކް ބިންތް މުޙައްމަދު ޢަރީޝް، އާއިޝަތު އައިނީ ސިނާން، އާމިނަތު އައިލިޝް ސިނާން، އާއިޝަތު އައިރާ އިބްރާހިމް، އަމްރީން ވިރުދާން ޝަފީޤް، ޢާއިޝަތު އައިލީން ޢިމާދު، އާކިން ސާޖިދު ސަމީރު، މުހައްމަދު ޔޫޢާން ޢަލީ، ޝައިލް ބިން މުނައްވަރު މުހައްމަދު އަދި މިކައިލް މުޖްތަބާ ނަސީމް އެވެ.
ކާށިދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ މިމުބާރާތުގެ އެއްވަނަ އިނާމަކަށް އުމުރާ ދަތުރެއް ހުޅަހަޅާފައިވާއިރު، ދެވަނައަށް 15،000 ރުފިޔާ އަދި ތިންވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ކައުންސިލުން ވަނީ ހުށަހަޅާފައެވެ.
22 އޮކްޓޯބަރު 2026 ވަނަ ދުވަހު ފެށި މިމުބާރާތުގެ ފުރަތަމަ ބުރުގެ، އުމުރުފުރާތަކުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ ހާސިލްކުރީ، 04 އަހަރުން ދަށް ޙައްވާ ނާޔާ ނަތީމް، 06 އަހަރުން ފެށިގެން ދަށް ޔަލްވީ ނާޢިމް ސަލީމް، 08 އަހަރުން ފެށިގެން ދަށް ޢާއިޝަތު ނައިރާ އަބްދުއްރާފިޢު، 10 އަހަރުން ފެށިގެން ދަށް ޔާނާ ނާޢިމް ސަލީމް، 12 އަހަރުން ފެށިގެން ދަށް މިކައިލް މުޖުތަބާ ނަސީމު، 14 އަހަރުން ފެށިގެން ދަށް އާމިނަތު އައިލިޝް ސިނާން، 16 އަހަރުން ފެށިގެން ދަށް މުހައްމަދު ނީމް ނިމާލް އަދި 18 އަހަރުން ފެށިގެން ދަށްޝެޒާ ސާޖިދު ސަމީރު އެވެ.
މީގެ އިތުރުން މިމުބާރާތުގެ ފުރަތަމަ ބުރުގެ، އުމުރުފުރާތަކުގެ ނުބަލައި ކިޔެވުމުގެ ގޮފިން 01 ވަނަ ހާސިލްކުރީ، 04 އަހަރުން ދަށް ލިލިއަން ޝާހުލް އަހުމަދު، 06 އަހަރުން ފެށިގެން ދަށް އައިޝަތު ދިމްނާ ފާރިޝް، 08 އަހަރުން ފެށިގެން ދަށް މަރްޔަމް އާރާ ބިންތި ޚާފިޡު ، 10 އަހަރުން ފެށިގެން ދަށް ޔަނާހް ބިން ޙުސެއިން ސިޔާހް ، 12 އަހަރުން ފެށިގެން ދަށް އާކިން ސާޖިދު ސަމީރު، 14 އަހަރުން ފެށިގެން ދަށް މުހައްމަދު ޔޫއާން ޢަލީ އެވެ.







.jpg?w=3840&q=75)