


.jpg?w=3840&q=75)



.jpg?w=3840&q=75)

މިދިޔަ އަހަރަށްވުރެ ބަޖެޓު ކުޑަ ކަމުގައިވީނަމަވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ޑެފިސިޓް ބޮޑުވުމަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ދަރަނި އިތުރުވަމުންދާނެ ކަމެއް ކަމަށެވެ.
ބަޖެޓުގެ ޑެފިސިޓް ބޮޑުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުވެ، ރަސްމީ އެކްސްޗޭންޖް ރޭޓާއި ކަޅުބާޒާރުގެ ފަރަގު ކުޑަކުރެވި އިގްތިސާދު ހަމައަކަށް އެޅުން ބިނާވެފައި އޮތީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓި، ތެލުގެ އަގުތައް ހަމައަކަށް އެޅުމުގެ މައްޗަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ރަސްމީ ރިޒާވުން އެންމެ ބޮޑު ހޭދައެއް ހިނގަނީ ކާޑާއި ތެލުގެ އިމްޕޯޓަށް ކަމަށާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވުމަކީ ރިޒާވަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް ވިދާޅުވުއެވެ. އަދި މާރުވަމުންދާ ޑޮލަރުގެ ބޮޑު ބައެއް ކުރިއަށް އޮތް ހަފުތާއިން ފެށިގެން ސެލެކްޓެޑް ބޭންކުތަކަށް ދޫކުރަން ފަށާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް ޓީޓީ ހެދުމަށާއި އެހެނިހެން ބޭނުންތަކަށް ޑޮލަރު ލިބުމަށް މަގުފަހިވާނެ ކަމަށްގަވަރުނަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް ބޭރުން ފައިނޭންސިން ލިބި، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް އަތުވެއްޖެނަމަ، އެމްއެމްއޭއަށް ބާޒާރަށް ވަދެ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.



.jpg?w=3840&q=75)
